Friday, 18 February 2011 10:37
Last Updated on Friday, 18 February 2011 10:52
Written by Administrator
ތާޖުއްދީން ކްލަބް
ތާޖުއްދީން ސްކޫލް
ޓީ.އެސް ކްލަބުގެ މެމްބަރަކަށް ވުމުގެ ފުރުސަތު ހުޅުވައިލުން
“ތާޖުއްދީން ކުލަބު" މިނަމުގައި ހޯމް މިނިސްޓްރީގައި ކްލަބެއް ރަޖިސްޓްރީ ކުރެވިއްޖެއެވެ. އެއީ މިސްކޫލުގެ ބެލެނިވެރިންގެ ހިއްސާ އިތުރުކުރުމުގެ މަތިވެރި މަޤްޞަދުގައި ސްކޫލުގެ ބެލެނިވެރިންގެ ތެރެއިން ބަޔަކު އިސްނަގައިގެން ސްކޫލްގެ މެނޭޖްމެންޓްގެ އެހީތެރިކަމާއި، ފިކުރު ހިމެނިގެން އުފައްދާފައިވާ ކުލަބެކެވެ. މިކުލަބުގެ އިދާރާ އަކީ ތާޖުއްދީން ސްކޫލެވެ. މިގޮތުން އިދާރި މަސައްކަތް ހިގަމުންދާނީ މިސްކޫލުގައެވެ. ކުލަބުގެ ތަޞައްވުރު އެކުލަވާލުމާއި އަދި ކުލަބުގެ އެންމެހައި ކަންކަން ހިގަމުންދާނީ ކުލަބުގެ އާންމު މެމްބަރުންގެ ވިސްނުމާއި ސްކޫލްގެ މެނޭޖްމެންޓުން ދެއްވާ އިރުޝާދާއި އެއްގޮތަށެވެ.
ވީމާ، މިސްކޫލްގެ ބެލެނިވެރިންގެ ތެރެއިން ވީހާގިނަ އަދަދެއްގެ ބެލެނިވެރިން ކުލަބުގެ މެމްބަރުންނަށް ވުމަށް ދައުވަތު އަރުވަމެވެ.
މިފޯމް ސްކޫލުގެ ވެބުސައިޓުންނާ އަދި ސްކޫލުގެ ލީޑިންޓީޗަރ އިބުރާހިމް ޝާކިރުއާ ގުޅުއްވުމުން ލިބެންހުންނާނެ ވާހަކަވެސް މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
އަހުމަދު ހަމީދު 7778387
އިބުރާހިމް ޝާކިރު 7916864
ޝުކުރިއްޔާ!
16 ފެބުރުއަރީ 2011
ޓީ.އެސް ކުލަބުގެ ވަގުތީ ކޮމެޓީ